ސަރުކާރުން ދިން އުއްމީދުތަކާއެކު ހަތް ދުވަސްފަހުން މަސްވެރިންގެ އިހުތިޖާޖު ނިންމާލައިފި
އަދަދު
17 ޑިސެމްބަރު 2025 | ބުދަ | 12:21
މި ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް ވީ ވައުދުތައް ފުއްދުމަށް ގޮވާލައި ކުރިއަށް ގެންދިޔަ އިހުތިޖާޖު، ހަތް ދުވަސްފަހުން މިއަދު ނިންމާލައިފި އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް، ހުސެއިން ނަޝީދު އަދަދު އަށް ވިދާޅުވީ މަސްވެރިންގެ މުޒާހަރާ ނިންމައިލީ މިދިޔަ ހޯމަ ދުވަހު ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ހުށަހެޅި ކަންކަމަށް ސަރުކާރުން އިޖާބަދޭން ތައްޔާރަށް ތިބުމުން ކަމަށެވެ.
"އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުން ރެއިން ފެށިގެން އެ ދަނީ ދޫކުރަމުން، މިހާރު އޮޑިތައް އެ ފުރަނީ މަހަށް ދާން، ދެން އެއީ ވަރަށް ބޮޑު ސެޓްއަޕެއްތާ [މިފްކޯއަށް] ކަންނެލި ކިރަން ފެށުމުގެ މަސައްކަތަކީ، އެކަމުގެ މަޝްވަރާތައް ހަމަ ޕްރައިއޮރިޓީ ދީގެން ކުރިއަށް ގެންދާ ވާހަކަ ބުނެފައި އޮތީ،" ނަޝީދު ވިދާޅުވި އެވެ.