ފިނޭންސް މިނިސްޓަރު ޒަމީރު ސާޖަރީއެއް ފުރިހަމަކޮށްފި
އަދަދު
17 ޑިސެމްބަރު 2025 | ބުދަ | 11:09
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މުހިންމު ސާޖަރީއެއް ކުރިކަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ދުރާލާ ރާވައިގެން ކުރި މި ސާޖަރީ ކޮށްފައިވަނީ މިއަދު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ޒަމީރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ސިންގަޕޫރުގަ އެވެ.
ސާޖަރީ ކާމިޔާބު ކަމަށާއި ޒަމީރުގެ ހާލު ރަނގަޅު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފައިވެ އެވެ. އަދި، އަންނަ ހަފުތާ މިނިސްޓަރު އެނބުރި އޮފީހަށް ނުކުންނަވާނެ ކަމަށް ވެސް ފިނޭންސުން ހާމަކޮށްފައިވެ އެވެ.