ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ މީހުންނަށް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އެއްކޮށް ނެގޭނެ ގޮތް ހަދަނީ

އަދަދު

17 ޑިސެމްބަރު 2025 | ބުދަ | 12:15

ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ރިޓަޔަމަންޓު ޕެންޝަން ސްކީމުގައި ހުންނަ ފައިސާ އެއްކޮށް ނެގޭނެ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަން މުއިއްޒު ހާމަކުރެއްވީ ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. އެއީ ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދުތަކާއި ރައްޔިތުންނާއެކު ބާއްވަމުންދާ ބައްދަލުވުންތަކުގައި ލިބެމުންދާ ހިޔާލުތަކަށް ރިއާޔަތް ކުރުމަށް ފަހު ގެނެވޭނެ ބަދަލުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މީގެ ތެރޭގައި ޓާމިނަލް އިލްނެސްއެއްގައި (ދިގު މުއްދަތަކަށް ބޭސް ކުރަން ޖެހޭ ބަލި) އުޅޭ ފަރާތަކަށް ވިއްޔާ އެ ބޭފުޅެއްގެ ޕެންޝަން އެއްކޮށް ނެގޭ ކަހަލަ ގޮތަކަށް ހެދުމަށް މިކަހަލަ ބައެއް ކަންކަން،" އިމާދުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ހާމަކުރެއްވި އެވެ.

މައުޟޫޢުތަށް