ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖޭގައި
އަދަދު
17 ޑިސެމްބަރު 2025 | ބުދަ | 11:39
ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސަރުދާރު އަޔާޒު ސޯދިގު ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި އެވެ.
އިއްޔެގެ ވަގުތެއްގައި ސަރުދާރު ރާއްްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެވެ. އެމަނިކުފާނާ އެކު މަޖިލީހުގެ ބައެއް މެންބަރުން ވެސް ސަރުދާރަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގަތެވެ.
އޭގެ ތެރޭގައި މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، މަނަދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކު ހިމެނެ އެވެ.