ލަންކާގެ ޝަރަފުވެރި ހަތަރު އެވޯޑެއް އަކްބަރު ބްރަދާސް އަށް
އަދަދު
17 ޑިސެމްބަރު 2025 | ބުދަ | 1:18
ސްރީލަންކާގެ 27 ވަނަ "ޕްރެޒިޑެންޝަލް އެކްސްޕޯޓް އެވޯޑްސް 2024/2025" ގައި، ދުނިޔޭގެ މަޝްހޫރު ސައިފަތް ބްރޭންޑު ކަމަށްވާ އަކްބަރު ބްރަދާސްއަށް ހަތަރު އެވޯޑެއް ލިބިއްޖެ އެވެ.
ރާއްޖޭގައި ވެސް މަގުބޫލް މި ބްރޭންޑަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި ލަންކާއަށް އެންމެ ގިނައިން ބޭރު ފައިސާ ވައްދާ ބްރޭންޑުގެ އެވޯޑާއި ދުނިޔޭގެ ފެންވަރުގައި އެންމެ މަގުބޫލު ބްރޭންޑު އާއި ސައިފަތް އެކްސްޕޯޓުކުރުމުގެ ދާއިރާއިން އަހަރުގެ އެންމެ މޮޅު އެކްސްޕޯޓަރުގެ އެވޯޑު އަދި އެ ދާއިރާއިން މެރިޓު އެވޯޑު ލިބުނެވެ.
މި އެވޯޑުތަކަކީ އެ ކުންފުނީގެ ހަރުދަނާ ލީޑަޝިޕާއި، އެއްވަރެއްގައި ހިފެހެއްޓިފައިވާ ފެންވަރުގެ އިތުރުން ކުންފުނީގެ މަތީ ފަންތީގެ ޚިދުމަތް ރަމްޒުކޮށްދޭ އެވޯޑުތަކެކެވެ.