ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ޕެންޝަން ފައިސާ ނެގޭ ގޮތް ހަދަން ކުޑޫ ހުށަހެޅި ބިލު ބޭރުކޮށްލީ ޕީއެންސީން!
އަދަދު
17 ޑިސެމްބަރު 2025 | ބުދަ | 12:46
ދިގު މުއްދަތަކަށް ބޭސްކުރަން ޖެހޭ ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ރިޓަޔަމަންޓު ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ނެގޭނެ ގޮތް ހަދަން ގާނޫނު ބަދަލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެފަދަ ބިލެއް މަޖިލީހަށް އެމްޑީޕީއިން މަޖިލީހަށް ހުށަހެޅުމުން ޕީއެންސީގެ މެޖޯރިޓީން އެ ބިލު ބޭރުކޮށްލިކަން މަޖިލީހުގެ ރެކޯޑުތަކުން ދައްކައިފި އެވެ.
ސަރުކާރުން ޕެންޝަނާ ބެހޭ ގާނޫނަށް ބައެއް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާކަން މުއިއްޒު ހާމަކުރެއްވީ ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި އާންމުންގެ ތެރޭގައި އިންނެވި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އޮކްޓޯބަރު އަށެއްގަ އެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސަށް ފަހު ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހީ އޮކްޓޯބަރު 21، ގަ އެވެ. އެ ބިލު ބަލައިގަތުމަށް ވޯޓު ދިނީ ފަސް މެންބަރުންނެވެ. އެ ބިލު ބޭރުކޮށްލަން ޕީއެންސީއަށް ނިސްބަތްވާ 52 މެންބަރުން ވޯޓު ދެއްވި އެވެ.