ސަރުކާރު ކުންފުނިތަކުން ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ ހަރުމުދާ ވިއްކާ ހިސާބަށް ކަންތައްތައް ގޮސްފި: ވިޔަފާރިވެރިން

އަދަދު

17 ޑިސެމްބަރު 2025 | ބުދަ | 9:05

ސަރުކާރުގެ އެސްއޯއީތަކުން އަމިއްލަ ވިޔަފާރިވެރިންނަށް ދޭންޖެހޭ ފައިސާ ނުދޭތީ ހަރުމުދާ ވިއްކަންޖެހޭ ހާލަތަށް ވިޔަފާރިތައް ގޮސްފައިވާ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް މިރޭ ބާއްވަމުން ގެންދަވާ ޖަލްސާގައި ވާހަކަދެއްކި ވިޔަފާރިވެރިއަކު ބުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ކޮށްފައިވާ މަސައްކަތްތަކަށް ވެސް އަދި ފައިސާ ނުލިބޭ ކަމަށެވެ.

"ސަރުކާރުގެ އެސްއޯއީތަކުން އަދިވެސް އަޅުގަނޑުމެންނަށް ކުރީ ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް ފައިސާ ނުލިބި އެބަހުރި، އެހެންނަމަވެސް މީރާއަށް އަޅުގަނޑުމެން ދައްކަންޖެހޭ ޓެކްސް ހަމަ އޭގެ ޒާތުގައި ވަގުތުން ވަގުތަށް ދައްކަމުން ދާންޖެހޭ، މި ކަމުގެ ސަބަބުން ޓެކްސްގެ ޖޫރިމަނާ އަރައި މާލީ ދަތިކަމުގެ ތެރެއިން އަރައިގަންނަން ހަރުމުދާ ވިއްކާ ހިސާބަށް ކަންތައްތައް ގޮސްފައި އެބަހުރި،" އޭނާ ބުންޏެވެ.

މައުޟޫޢުތަށް