ޖަލަށް ލެވޭނެ ގޮތަކީ ނެތް ގޮތެއް، ގައިގައި އަތްލައިފި ނަމަ މުއިއްޒުއަށް މިހާރު އޮތް ތާއިދުކޮޅު ވެސް ގެއްލޭނެ: ޔާމީން
އަދަދު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 7:05
ގާނޫނީ ހަމަތަކުގެ މަތިން ޖަލަށް ލެވޭނެ ގޮތަކީ އެއީ ނެތް ގޮތެއް ކަމަށާއި އެމަނިކުފާނު ޖަލަށް ލުމަކީ މި ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު، އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެމަނިކުފާނު ޖަލުގައި ބަންދުކޮށްގެން އުއްމީދުތަކެއް ކުރެއްވި ކަމަށެވެ. އެހެންމަވެސް މިއަދު ސޯލިހު ކޮބައިތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ޖަލު ހުކުމެއް އަންނާނެ ގޮތަކީ އެއީ ނެތް ގޮތެއް، ގާނޫނާއި ޝަރީއަތުގައި ގާނޫނީ ހަމަތަކުގެ މަތިން އަޅުގަނޑު ގައިގައި އަތްލެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.