މާލީ ބަގާވާތެއްކޮށް ވެރިކަން ވައްޓައިލަން އުޅުނު މައްސަލައިގައި ކުރާ ތަހުގީގު އަޕްޑޭޓެއް ނެތް!

އަދަދު

22 ޑިސެމްބަރު 2025 | ހޯމަ | 9:42

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުގެ ލިމިޓަށް ބަދަލު ގެންނަން އެ ބޭންކުގެ ބޯޑުން ނިންމި ޕްރޮފެޝަނަލް ނިންމުމަކީ އެމްޑީޕީ އާއި ގުޅިގެން ގެންނަން އުޅުނު "މާލީ ބަގާވާތެއް" ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތުހުމަތު ކުރެއްވިތާ އަހަރަކާއި ހަތަރު މަސް ފާއިތުވީއިރު ވެސް އެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް ހިއްސާނުކޮށް ހަނު ތިބެއްޖެ އެވެ.

މާލީ ބަގާވާތަކުން ދިވެހިރާއްޖޭގެ ވެރިކަން ބަދަލު ކުރަން ބީއެމްއެލްއިން އުޅުނު ކަމަށް މުއިއްޒު ތުހުމަތު ކުރުމުން އެ މައްސަލައިގައި ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން ފެށީ އޯގަސްޓު 26، 2024, ގަ އެވެ. އެ ތަހުގީގަށް އަންނަ ހުކުރު ދުވަހު އެއް އަހަރާއި ހަތަރުމަސްވާއިރު، ތަހުގީގުގެ އަޕްޑޭޓަކީ ކޮބައިތޯ ފުލުހުންގެ މީޑިއާ އޮފިޝަލް ގާތު އެހުމުން ވިދާޅުވީ ބަލައިލާނެ ކަމަށެވެ.

"ބަލާލައިފައި އަޕްޑޭޓު ކޮށްދޭނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ފޮނުވި މެސެޖުގައި ބުންޏެވެ.

މައުޟޫޢުތަށް