ޗައިނާއިން ޕީޖީ އޮފީހަށް ކޮމްޕިއުޓަރާއި ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި

އަދަދު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 2:38

ޗައިނާ ސަރުކާރުން ޕްރެސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކޮމްޕިއުޓަރު ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެ އޮފީހަށް ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާ ކުރީ ލެޕްޓޮޕްތަކަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކެކެވެ. އެއީ ކިހާ އަދަދެއްގެ ސިސްޓަމްތަކެއް ކަމެއް ނޭނގެ އެވެ.

"މިއީ އަޅުގަނޑުމެންގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަސައްކަތްތައް ވަރުގަދަކޮށް، ކަރުދާސް ބޭނުންކުރުން މަދު، ހަރުދަނާ މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް،" ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް