ބިދޭސީ މަސައްކަތްތެރިން ބަލައިފާސްކުރުމާ ގުޅޭގޮތުން އިނގިރޭސި ބަހުން ފުލުހުން ނެރުނު ބަޔާން "ގެއްލިއްޖެ"
އަދަދު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 2:51
ބިދޭސީ މަސައްކަތްތެރިން ބަލައިފާސްކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން އެކަމާ ގުޅޭގޮތުން ފުލުހުން އަމަލުކުރާ ގޮތާ ގުޅޭގޮތުން އިނގިރޭސި ބަހުން ނެރުނު ބަޔާން އެ އިދާރާގެ ސޯޝަލް މީޑިއާތަކުން "ގެއްލިއްޖެ" އެވެ.
ރޭގަނޑު 12 ގެ ފަހުން އާންމު ތަންތަނުގައި އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރަން މުއިއްޒު އެންގެވީ އިއްޔެ އެވެ. އެއާއެކު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފުލުހުން ބަޔާންތަކެއް ނެރުނެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ދިވެހި ބަހުން ލިޔަންކިޔަން ދަންނަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. ގިނަ މީހުންނަށް ފަހުމުވާނެ ގޮތަށް އިނގިރޭސި ބަހުން ނެރުނު ބަޔާން ޑިލީޓުކުރީ ކީއްވެގެން ކަމެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.