ފެޑެކްސް މެދުވެރިކޮށް ގެނައި ދެ ކިލޯގެ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ އަންހެނަކަށް 18 އަހަރުގެ ޖަލު ހުކުމެއް
އަދަދު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 4:08
ފެޑެކްސް މެދުވެރިކޮށް ރާއްޖެއަށް ގެނައި 1983.7 ގްރާމު މަސްތުވާތަކެތި ހުރި ފޮށިގަނޑަކާ ހަވާލުވާން ދިޔަ އަންހެނަކަށް 18 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
މިއީ ސެޕްޓެމްބަރު 16، 2023 ގައި ފެޑެކްސް އިން ރާއްޖެ ގެނައި ފޮށިގަނޑެއްގައި ޝައްކު ކުރެވޭ ކަންކަން ހުރުމުން އެ ފޮށިގަނޑު އެކްސްރޭ ކުރުމަށް ފަހު ފޮށިގަނޑުގެ ހަތަރު އަރިމަތިން ފެނުނު ހުދު ކުލައިގެ ޕައުޑަރެއް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭއަށް ޕޮޒިޓިވުވުމް ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެކެވެ.
އެ ފޮށިގަނޑު ބަލާ އައީ އަޒްމާ ޝަރީފް، ކަށިކެޔޮމާގެ، ގއ. ކަނޑުހުޅުދޫ އެވެ. އެ ފޮށިގަނޑުން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ އެވެ. މި މައްސަލާގައި ނިޔާ ކަނޑައެޅީ ކްރިމިނަލް ކޯޓުގެ ގާޒީ އަަލީ އާދަމް އެވެ.