ބިދޭސީ ފިރިހެނަކު ގުޅީފަޅު ކައިރިން މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެ

އަދަދު

18 ޑިސެމްބަރު 2025 | ބުރާސްފަތި | 3:33

ގުޅީފަޅު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް ބިދޭސީ ފިރިހެނަކު ފެނިއްޖެ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައިގެން އައިޖީއެމްއެޗު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

"ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 2025 ޑިސެންބަރު 18 ވަނަ ދުވަހުގެ 13:21 ހާއިރު ފުލުހުންނަށް ލިބިފައިވޭ. މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުވަނީ ދެނެގަނެވިފައި," ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް