ސަރުކާރުގެ ނަސްލީ ތަފާތުކުރުން އޮތް ސިޔާސަތާމެދު ޓްރާންސްޕޭރެންސީ އިން ކަންބޮޑުވުން ފާޅުކޮށްފި
އަދަދު
18 ޑިސެމްބަރު 2025 | ބުރާސްފަތި | 8:47
ރޭގަނޑު އާންމު ތަންތަނުގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ބަލައިފާސްކުރުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނަސްލީ ތަފާތުކުރުން އޮތް ސިޔާސަތާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަރުކާރުގެ މި ސިޔާސަތާމެދު ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީ އަދި ގުޅިފައިވާ އެހެން ޖަމިއްޔާތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުމުގެ ސަބަބުން އެއްވެސް އަސާސެއްނެތި ވަކި ބަޔަކަށް ތަފާތުކުރެވޭ ކަމަށެވެ. އަދި، މިކަމުގެ ސަބަބުން ގާނޫނުއަސާސީން ލިބިދޭ ހައްގުތަކާއި އިންސާނީ ހައްގުތަށް ހަނިވާކަން ޓީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ވަކި ބަޔަކަށް ޓާގެޓުކޮށްފައިވާ ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ބިދޭސީ މަސައްކަތްތެރިންނަށް ލިބިދޭ މިނިވަންކަމާއެކު އެއްތަނުން އަނެއް ތަނަށް ދިޔުމުގެ ހައްގަށް އަރައިގަނެވޭކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެ އެވެ.