ހިޔާ ފްލެޓްގެ ޖޫރިމަނާ މާފުކުރުން؛ "އެއީ ދިން ލުޔެއް ނޫން، އޮޅުވާލުމެއް"

އަދަދު

19 ޑިސެމްބަރު 2025 | ހުކުރު | 10:21

ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ މާފުކޮށްދިން ކަމަށް ބުނެ ސަރުކާރުން ފޮނުވި ސިޓީއަކީ ރައްޔިތުންނަށް އޮޅުވާލުމެއްގެ ގޮތުގައި، ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާއެކު ރައީސް މުހައްމަދު މުއިއްޒު ރޭ ބޭއްވި ބައްދުވުމުގައި ބައިވެރިވި މީހަކު ސިފަކޮށް، ކަންބޮޑުވުން ހިއްސާކޮށްފި އެވެ.

މުއިއްޒު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ޖޫރިމަނާ މާފުކޮށްދީފައިވާ ކަމަށް ބުނެ ސިޓީ ފޮނުވީ ބުދަ ދުވަހު ކަމަށާއި ނަމަވެސް މިއީ ހަގީގަތުގައި ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށް މި ކަންބޮޑުވުން ހިއްސާކުރި އިސްމާއީލް މީރާން ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފެށުނީއްސުރެ މިއަދާ ހަމައަށް ހިޔާ ފްލެޓަށް ކުލި ނުދައްކާ ހުރި މީހެއްގެ ޖޫރިމަނާއަކީ އެންމެ 1,086.45 ރުފިޔާއެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް ބަލާއިރު މިއީ ވަރަށް ކުޑަ އަދަދެއް ކަމަށާއި، މިފަދަ ކުޑަ އަދަދެއް އުނިކޮށްދީފައި "ޖޫރިމަނާ މާފުކޮށްފީ" އޭ ބުނުމަކީ ރައްޔިތުންނަށް ކަންތައްތައް އޮޅުވާލުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މައުޟޫޢުތަށް