މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 197 މިލިއަން ޑޮލަރު

އަދަދު

21 ޑިސެމްބަރު 2025 | އާދިއްތަ | 10:58

މިދިޔަ މަސް ނިމުނުއިރު ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް 197 މިލިއަން ޑޮލަރު ހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ އޮކްޓޯބަރު މަހު ނިމުނުއިރު ރިޒާވުގައި ހުރި 193 މިލިއަން ޑޮލަރަށްވުރެ ހަތަރު މިލިއަނުގެ އިތުރުވުމެކެވެ. މި އަހަރު ފެށުނީއްސުރެ ބޭނުންކުރެވޭ ރިޒާވު ވަނީ 100 މިލިއަނުން މަތީގައި ހިފެހެއްޓިފަ އެވެ.

ބޭނުންކުރެވޭ ރިޒާވުގެ އިތުރުން ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ އަދަދު ވެސް މިދިޔަ މަހު ވަނީ އިތުރުވެފަ އެވެ. އޮކްޓޯބަރު ނިމުނުނުއިރު 866 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވު މިދިޔަ މަސް ނިމުނުއިރު ހުރީ 886 މިލިއަނުގަ އެވެ.

މައުޟޫޢުތަށް