ފަތުވާ ކޮމިޓީން ހަރާމްކަމަށް ކަނޑައެޅި ނަމަވެސް، ރާއްޖޭގެ އެއްވެސް ރަށެއްގައި ހުރި މޮނިއުމެންޓުތައް ނަގަން އަދި ނާންގާ
އަދަދު
21 ޑިސެމްބަރު 2025 | އާދިއްތަ | 11:13
ދިރޭތަކެތީގެ ސޫރަ ސިފަވާ ގޮތަށް މޮނިއުމަންޓް ފަދަ ތަކެތި ހެދުމާއި، އެފަދަ ތަކެތި ބެހެއްޓުމަކީ އިސްލާމްދީނުގައި ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައެޅި ނަމަވެސް، އެފަދަ އެއްވެސް މޮނިއުމެންޓެއް ނެގުމަށް ރާއްޖޭގެ އެއްވެސް ކައުންސިލަކަށް އަދި އަންގާފައި ނުވާކަން އެނގިއްޖެ އެވެ.
އަދަދު ނޫހާ ވާހަކަދެއްކި ބައެއް ކައުންސިލްތަކުން ބުނީ އެފަދަ އެއްވެސް އެންގުމެއް އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށެވެ.
"އަދި އެއްވެސް އެންގުމެއް އަންގައިފައެއް ނެތް، މޮނިއުމެންޓު ނަގާކަށް. އެކަހަލަ އެއްވެސް ވާހަކައެއް އަދި ނާދޭ،" ރާއްޖޭގެ ރަށެއްގެ ކައުންސިލް ރައީސް ވިދާޅުވި އެވެ.