ދެބެންގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިން އެކެއްގެ ފައިގެ މައި ނާރު ބުރިކޮށްލައިފި

އަދަދު

21 ޑިސެމްބަރު 2025 | އާދިއްތަ | 7:49

ދެބެންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ހިޔާގެ އަށްވަނަ ޓަވަރެއްގެ ތެރޭ ބަޔަކު އަޑުގަދަ ކުރާ ކަމަށް ބުނެ މިއަދު ހަވީރު ކަމަށެވެ.

އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެ އެޕާޓްމަންޓަށް ގޮސް ބެލިއިރު، ދެބެންގެތެރެއިން އެކަކު ވަނީ އަނެކަކަށް ތޫނު އެއްޗަކު ހަމަލާދީފަ އެވެ. ހަަމަލާދިނީ ވަޅިއަކުން ކަމަށް މައުލޫމާތު ލިބެ އެވެ.

މައުޟޫޢުތަށް