ރައީސް ބޭނުންވުމުން ޖޫރިމަނާ މާފުކުރުމަކީ ގަވާއިދުން ކުލި ދައްކާ މީހުންނަށް ވެވޭ ބޭއިންސާފެއް: އަމީން
އަދަދު
21 ޑިސެމްބަރު 2025 | އާދިއްތަ | 8:50
ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާ މާފު ކުރުމުގެ ބާރު ރައީސުލްޖުމްހުރީއްޔާއަށް އޮންނަ އޮތުން ބަދަލުުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓުގެ ކުލި ނުދައްކާ މީހުންގެ ޖޫރިމަނާ މާފުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ ރައްޔިތުންނާއެކު މުއިއްޒު ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ފޭސް ދޭއްގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން އެދުނު ކަމެކެވެ. އެ ނިންމުމާ މެދު އަމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ގާނޫނާއި ގަވާއިދާ ނުވަތަ ވެފައިވާ އެއްބަސްވުމަކާ ހިލާފުވެގެން ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާއަށް މާފު ދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ޖެހޭ، މިއީ ގަވާއިދުން ކުލި ދެއްކި މީހުންނަށް ވެވޭ ބޭއިންސާފެއް،" އެކްސްގައި އޭނާ ލިޔުއްވި އެވެ.