ހުޅުމާލެ ދެ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އަދަދު

21 ޑިސެމްބަރު 2025 | އާދިއްތަ | 9:17

ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދެއަކުން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވާއިދުތައް ބަދަލުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މި ދެ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން ވައުދުވެފައިވާ ގޮތަށް 10 ބުރިއަށް ބަދަލުކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް، 10 ބުރިއަށް އިމާރާތް ކުރާނަމަ އިމާރާތުގެ އެންމެ ތިރީ ފްލޯ ޕާކިންއަށް ހާއްސަކުރަން ޖެހޭނެ ކަމަށާއި އިތުރު އެއް ފްލޯ ކޮމާޝަން ބޭނުމަށް ހާއްސަކުރަން ޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މައުޟޫޢުތަށް