މަސް މާރުކޭޓާ ހަމައިން ގޮސް ލޯކަލް މާރުކޭޓާ ހަމައަށް ބޭރުމަގު ބަންދުކޮށްފި

އަދަދު

22 ޑިސެމްބަރު 2025 | ހޯމަ | 9:37

ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯމަސް މާރުކޭޓާއި ލޯކަލް މާރުކޭޓާ ދެމެދު ބޭރުމަގު ބަންދުކޮށްފި އެވެ.

ފުލުހުންގެ މުއައްސަސާއިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޭ މެންދަމުން ފެށިގެން ރޯމަސް މާރުކޭޓުން ފެށިގެން ގޮސް ލޯކަލް މާރުކޭޓާ ހަމައަށް ޓްރެފިކަށް ބަންދުވާނެ ކަމަށެވެ.

ކުރިއަށް އޮތް ރޯދަމަހުގެ ކުރިން މާލޭގެ ބޭރުމަގުގައި އެއްކޮށް ތާރުއަޅައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވީ ބާޒާރު މަތީގައި ދަތުރުފަތުރުކޮށް އުޅެން ހުރި ގޮންޖެހުންތައް އަންނަ ރޯދަ މަހަށް އެއްކޮށް ހައްލުވެގެންދާނެ ކަމަށެވެ.

މައުޟޫޢުތަށް