އަހަރަކަށް ވުރެ ގިނަ ދުވަހު ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާ މާޗުގެ ނިޔަލަށް ނިމޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އަދަދު

22 ޑިސެމްބަރު 2025 | ހޯމަ | 10:31

އެއް އަހަރަށް ވުރެ ގިނަ ދުވަހު ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތަކާ މެދު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކޯޓުތަކުން ވަކި ގޮތެއް ނިންމާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންނާ ބައްދަލުކުރުމަށް މުއިއްޒު ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ވާނުވާ ބަންދުގެ މައްސަލާގައި ބައެއް މީހުންގެ ކަންބޮޑުވުންތައް އަންނަނީ ހިއްސާކުރަމުންނެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދެއްކި މުހައްމަދު ރިލުވާން ވެސް ވަނީ އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާއަކީ ވާނުވާ ބަންދު އުވާލުމަށް ގޮވާލައި ކުރަމުން އަންނަ ކެމްޕޭނުގެ ފަރާތުން ރައީސް އޮފީހުގައި މުއިއްޒުއާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މީހެކެވެ.

މައުޟޫޢުތަށް