ގަލުފަޅުގެ ނަން އަތަމަނައަށް ރަސްމީކޮށް ބަދަލުކޮށްފި
އަދަދު
22 ޑިސެމްބަރު 2025 | ހޯމަ | 1:14
ޒަމާނީ ކޮންވެންޝަން ސެންޓަރެއް ހިމެނޭ ގޮތަށް، އިވެންޓު ސެންޓަރެއް ތަރައްގީކުރަން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ގަލުފަޅުގެ ނަން "އަތަމަނަ" އަށް ފިނޭންސް މިނިސްޓްރީން މިއަދު ބަދަލުކޮށްފި އެވެ.
ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ސަރުކާރު ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުގައި، މާލޭގެ ހުޅަނގުއުތުރުން 2.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ، ފަޅުގެ ނަން ބަދަލުކުރަން ނިންމީ ޖިއޮގްރަފިކް ނަންތަކާ ބެހޭ ކޮމިޓީގެ މި އަހަރުގެ ދެ ވަނަ ބައްދަލުވުމަށް ފަހުގަ އެވެ.
މުއައްރިހުން ބުނާ ގޮތުގައި އަތަމަނަ ހުރާ އަކީ އިހު ޒަމާނުގައި މާލެއަށް ކިޔައި އުޅުނު ނަމެކެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރުކަމަށް ހުންނެވި ދުވަސްވަރު، މި ނަމުގައި މާލޭ ސިޓީ ކައުންސިލުން ވަނީ ހަފުތާ މަޖައްލާއެއް ނެރެފަ އެވެ.