ހިރިމަރަދޫގައި މީހުން އުޅެނިކޮށް އެ ރަށު މީހުންނަކީ ހަނިމާދޫ ރައްޔިތުން ކަމަށް ކަނޑައެޅުން ގަނޫނުއަސާސީއާ ހިލާފު: ޣަފޫރު

އަދަދު

22 ޑިސެމްބަރު 2025 | ހޯމަ | 3:19

ހދ. ހިރިމަރަދޫގައި މީހުން ދިރިއުޅެމުން ދަނިކޮށް އެ ރަށު ކައުންސިލް އުވާލައި އެ ރަށު ރައްޔިތުންނަކީ އެ އަތޮޅު ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި އެ ދާއިރާގެ މެންބަރު، އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ހިރިމަރަދޫ ކައުންސިލް އުވާލުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް ޣަފޫރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދަނިކޮށް އެ ރަށު ރައްޔިތުން، ހަނިމާދޫ ރައްޔިތުންގެ ގޮތުގައި ވޯޓުލާންޖެހޭ ގޮތަށް ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށެވެ.

"ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުނުކޮށް، އެބޭފުޅުން ހިރިމަރަދޫގައި ދިރިއުޅެމުން ދަނިކޮށް އެރަށުގެ ކައުންސިލް އުވާލިކަމަށް ކަޑައަޅައި، އެ ރައްޔިތުން ހަނިމާދޫ ރައްޔިތުންގެ ގޮތުގައި ވޯޓުލާން ނިންމާ ނިންމުމަކީ ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނާ ކަޑައެޅިގެން ހިލާފުކަމެއް،" ޣަފޫރު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް