ކުރީގެ ރައީސް ނަޝީދު އާއި އެމްޑީޕީގެ ރައީސް، ޝާހިދު ބައްދަލުކުރައްވައިފި
އަދަދު
22 ޑިސެމްބަރު 2025 | ހޯމަ | 9:20
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު މިރޭ ބައްދަލުކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ބައްދަލުކުރައްވާފައި ވަނީ ޝާހިދުގެ ގެކޮޅު ހ. ރަބީއީ މަންޒިލްގަ އެވެ.
ޝާހިދު އާއި ނަޝީދު ބައްދަލުކުރައްވާފައި މިވަނީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުންތަކަށް ހައްލެއް ހޯދުމުގެ މަޝްވަރާތަކެއް ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. ޝާހިދު އާއި ނަޝީދުއަކީ ވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ދެ ބޭފުޅުންނެވެ.