8.8 ބިލިއަން ޑޮލަރުގެ "ހުވަފެނީ" ފައިނޭންޝަލް ސެންޓަރު ގަލުފަޅަށް

އަދަދު

23 ޑިސެމްބަރު 2025 | އަންގާރަ | 9:45

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރަން ސޮއިކުރި 8.8 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 135 ބިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއު ހުޅުމާލެއިން ނަގައި، އަލަށް ހިއްކަން ފެށި "އަތަމަނަ" (ގަލުފަޅު) އަށް ބަދަލުކުރަން ނިންމާފައިވާކަން އަދަދު ނޫހަށް އެނގިއްޖެ އެވެ.

ސަރުކާރުން އިއްޔެ ވަނީ ގަލުފަޅުގެ ނަން "އަތަމަނަ" އަށް ބަދަލުކޮށް، އެތަނުގައި ޒަމާނީ ކޮންވެންޝަން ސެންޓަރަކާއި އިވެންޓް ހޯލްތައް ހިމެނޭ "ނޫވިލު" ޕްރޮޖެކްޓް ހިންގާނެކަން އިއުލާންކޮށްފަ އެވެ. ނަމަވެސް 'އަދަދު' އަށް ކަށަވަރުވެފައިވާ ގޮތުގައި މިއީ ހުޅުމާލޭގައި އަޅަން ސޮއިކުރި ފައިނޭންޝަލް ސެންޓަރުގެ މުޅި ކޮންސެޕްޓް އެ ފަޅަށް ބަދަލުކުރުމުގެ މަޝްރޫއުއެކެވެ.

ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ކަމަށް ބުނާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ 'އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް' އިން ހުޅުމާލޭގައި މި މަޝްރޫއު ހިންގަން ފުރަތަމަ ނިންމި ނަމަވެސް، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ. އަދި އެ ކުންފުނިން ސަރުކާރަށް ދޭން ބުނި ފައިސާ ލިބިފައި ނުވާކަމަށް ސަރުކާރުގެ އޮފިޝަލުން ކަށަވަރުކޮށް ދިނެވެ.

މައުޟޫޢުތަށް