މި ސަރުކާރުން އެއްވެސް ކަމެއް ތަރުތީބުން ކުރަމުން ނުދޭ: ސޯލިހު
އަދަދު
23 ޑިސެމްބަރު 2025 | އަންގާރަ | 1:09
މި ސަރުކާރުން އެއްވެސް ކަމެއް ކުރުމުގައި ތަރުތީބެއް ނެތް ކަމަށާއި ކަންކަން ކުރަމުން ދަނީ އެ ވަގުތަ ކުރަން ޖެހުމުން ކުރާ އުސޫލުން ކަމަށް ވިދާޅުވެ މި ސަރުކާރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެ އެވެ.
ތ. ހިރިލަންދޫއަށް ކުރެއްވި ދަތުރުގައި އެ ރަށުގައި ތަރައްގީކުރި "ހިރިވެލި" ބީޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ސޯލިހު ވަނީ ލާމަރުކަޒީ ނިޒާމު މުޅިން ނެތިކޮށްލުމަށް މި ސަރުކާރުން ގާނޫނުތައް ބަދަލުކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ބާރުތައް މުށުތެރެއަށް ލައި، ހަމައެކަނި ކަން ކުރާ މީހަކީ ތިމަންނަ ކަމުގައި ދެކިގެން މަސައްކަތްކުރާތަން މިއަދު މި ފެންނަނީ. މިއީ ރާއްޖެ ތަރައްގީ ކުރެވޭނެ ގޮތެއް ނޫން،" ސޯލިހު ވިދާޅުވި އެވެ.