މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުން ހުއްދަކުރާކަށް ނުޖެހޭ: ނަޝީދު
އަދަދު
23 ޑިސެމްބަރު 2025 | އަންގާރަ | 7:43
ރާއްޖޭގައި ހިންގާ ރިސޯޓުތަކެކޭ އެއްގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދޭން ނުޖެހޭ ކަމަށާއި އެފަދަ ކަމަކަށް ގޮވާ ނުލައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާ ބަންދުގައި މާފުށީގެ ޓޫރިޒަމް ބްރޭންޑް ލޯންޗުކުރުމަށް އެ ރަށުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ރިސޯޓުތަކުގައި ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކާއި ވިއްކާ ތަކެތި ރަށްރަށުގައި ހުންނަ ބޮޑެތި ހޮޓާތަކުން ނުދެވުމަކީ ބޭއިންސާފެއް ކަމަށެވެ. އެއީ ކޮން ހިދުމަތްތަކެއް ކަމަށް އަދި ކޮން އެއްޗެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ނަމަވެސް، ސޯޝަލް މީޑިއާ އަދި ބައެއް ނޫސްތަކުން ވަނީ ނަޝީދުގެ ގޮވާލެއްވީ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކަން ހުއްދަ ދިނުމަށް ކަމަށް ބުނެފަ އެވެ،