މިސްކިތުން ސުތުރާތައް ނެގުމަށް އަންގަނީ
އަދަދު
23 ޑިސެމްބަރު 2025 | އަންގާރަ | 7:54
ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގައި ތަކެތި ހަދާ މިސްކިތްތަކަށް ވައްދަމުންދާކަން ފާހަގަވެފައިވާ ކަމަށާއި އެ ތަކެތި މިސްކިތްތަކުން ނެގުމަށް ސިޓީ ކައުންސިލަށް އަންގާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
ސުތުރާއަކީ ނަމާދުކުރާ މީހާ އާއި އޭނާގެ ކުރިމަތިން ހުރަސްކުރާ ފަރާތާ ދެމެދު ހުރަހެއްގެ ގޮތުގައި ބަހައްޓާ އެއްޗެކެވެ. އާންމު ގޮތެއްގައި މި ތަކެތި ހަދާފައި ހުންނަނީ ފަލައިންނެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ޝަހީމް ވިދާޅުވީ މި ފަހަކަށް އައިސް މިކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށާއި މިސްކިތްތަކުގައި މިފަދަ އެކި ސިފަ ސިފައިގައި ހުރި "ސުތުރާ" ތައް ބަހައްޓާފައި އެބަހުރި ކަމަށެވެ.