އެންމެ މަތީ ފެންވަރަށް ކިޔެވޭނެ ޔުނިވާސިޓީ ކެމްޕަހެއް ކޮންމެ އަތޮޅެއްގައި ގާއިމުކުރާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ
އަދަދު
24 ޑިސެމްބަރު 2025 | ބުދަ | 2:42
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް އެންމެ މަތީ ފެންވަރަށް ކިޔެވޭނެ ޔުނިވާސިޓީ ކެމްޕަހެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ހަފްްލާގައި އޭގައި ބައިވެރިވި ޒުވާނުން ވަނީ މުއިއްޒުއާ ބައެއް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން އެއް ކަންބޮޑުވުމަކީ ރަށްރަށާ ކައިރީގައި ތިބެގެން ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ނުލިބުމެވެ.
ރާއްޖޭގައި މިވަގުތު ހިންގަމުން އަންނަނީ ދެ ޔުނިވާސިޓީއެކެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް އެވެ. ގައުމީ ޔުނިވާސިޓީގެ ހަތަރު ކެމްޕަހެއް ރާއްޖޭގެ އެހެން ރަށްރަށުގައި ހިންގަ އެވެ. އެއީ، ލ. ގަން، ގދ. ތިނަދޫ، ސ. ހިތަދޫ އަދި ހދ. ކުޅުދުއްފުށީގަ އެވެ.