ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެކުގައި ކުރަން ޔާމީންއާ މަޝްވަރާކުރަން ނަޝީދު އާއި ސޯލިހު ނިންމަވައިފި

އަދަދު

24 ޑިސެމްބަރު 2025 | ބުދަ | 2:26

މި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް އެކުގައި ކުރުމަށްޓަކައި ކުރީގެ ރައީސް ޔާމީންއާ މަޝްވަރާ ކުރާނެ ކަމަށް ކުރީގެ ދެ ރައީސުން ކަމަށްވާ، އިބްރާހިމް މުހައްމަދު ސޯލިހު އާއި މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ތިން އަހަރަށްފަހު ދެ ބޭފުޅުން އެއްގަލަކަށް އަރުއްވައި މިއަދު ދެއްވި ނޫސްވެރިންގެ ބަސްދީގަތުމެއްގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އިހުނަށްވުރެ ބާރަށް ކުރަން ގަސްދުކުރާ ކަމަށާއި އެ މަސައްކަތުގައި ނަޝީދުގެ އިތުރުން ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އޭގެތެރޭގައި އަޅުގަނޑުމެންނާ އެކީގައި އަދި އިތުރަށް މަސައްކަތް ކުރެވޭނެ ފަރާތްތަކެއް އެބަހުރި، އެއީ އަޅުގަނޑުމެން ނޫނަސް ކުރީގައި ރައީސްކަން ކޮށްފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ އެ ބޭފުޅުންނާ އެކީގާ ވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް އެ ބޭފުޅުންނާ މަޝްވަރާ ކޮށްގެން ކުރިއަށް ގެންދިޔުން،" ސޯލިހު ވިދާޅުވި އެވެ.

މައުޟޫޢުތަށް