އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމުން އަމާންކަން ގެއްލޭ، އެފަދަ ވީޑިއޯތައް ނުފެތުރުމަށް އިލްތިމާސްކުރަން: އެޗްއާރުސީއެމް

އަދަދު

24 ޑިސެމްބަރު 2025 | ބުދަ | 7:28

ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ނުފެތުރުމަށް އިލްތިމާސްކޮށް، އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލާއިންސާނީ އަމަލުތައް ހިންގާ ވީޑިއޯތައް އާންމު ނުކުރުމަށާއި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި، ކުށުގެ ތުހުމަތު ކުރެވޭ މީހުންނާމެދު ލާއިންސާނީ އަމަލު ނުހިންގުމަށް ވެސް އެ ކޮމިޝަނުން ގޮވާލައިފައިވެ އެވެ.

"ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތު ނުވާހާ ހިނދަކު ކޮންމެ މީހަކީ ވެސް ކުށެއް ނެތް މީހެއް ކަމުގައި ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ އަސާސީ ހައްގެކެވެ. އަމިއްލައަށް އިންސާފު ގާއިމުކުރަން އުޅުމަކީ މުޖުތަމައުގެ އަމާންކަން ގެއްލި ބިރުވެރިކަން އުފެދޭނެ ކަމެކެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

މައުޟޫޢުތަށް