ހުލާސާކޮށް އިއްޔެ: ސޯލިހު އާއި ނަޝީދު އެކުގައި ކުރިއަށް

އަދަދު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 5:59

ނިމިދިޔަ ރިޔާސީ އިންތިހާބާއި ދިމާކޮށް އެމްޑީޕީގައި އުފެދުނު ދެބަސްވުމުގެ ތެރެއިން ހިޔާލުތަފާތުވުންތައް އުފެދި ސިޔާސީ ހަތުރުންގެ ގޮތުގައި ތިއްބެވުމަށްފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއް މޭޒަކަށް ވަޑައިގެން އެކުގައި މަސައްކަތް ކުރުމަށް ނިންމަވާ އެކަން އިއްޔެ އިއުލާނު ކުރެއްވި އެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ދެ ރައީސުން ވަނީ މީޑިއާތަކާއި ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސޯލިހު އާއި ނަޝީދު ވެސް ވިދާޅުވީ މިވަގުތު އެ ދެ ބޭފުޅުން ފޯކަސް ހުރީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކަމަށާއި ރިޔާސީ އިންތިހާބާއި އެހެން ކަންކަމުގެ ވާހަކަ ދައްކާނީ ފަހުން ކަމަށް ވެސް ވިދާޅުވި އެވެ.

ސޯލިހުގެ ވާހަކައިގައި ފާހަގަކުރެއްވީ ސިޔާސީ ދެބަސްވުންތައް ހުރި ނަމަވެސް ދެ ރައީސުން އެނބުރި އެކުގައި ނޫޅެވޭ ހިސާބަށް ދުރުނުވާ ކަމަށެވެ. ނަޝީދު ފާހަގަކުރެއްވީ އެމަނިކުފާނު އެމްޑީޕީ ދޫކޮށް އިދިކޮޅުގައި ހުރި ނަމަވެސް އެ ޕާޓީއަށް ބޮޑު ލޮޅުމެއް ނޭރީ އެތެރޭގެ ހިންގުންތަކާއި އޮނިގަނޑު ހަރުދަނާ ވީމަ ކަމަށެވެ.

މައުޟޫޢުތަށް