އެމްއައިބީ އިން ލ. ގަމުގައި 1,000 ގަސް އިންދުމުގެ މަސައްކަތް ފަށައިފި

އަދަދު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 9:30

ތިމާވެށި ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ގުދުރަތީ ވެށި އާލާކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ކުރިއަށްގެންދާ "ގްރީން ބްލޫ އިނިޝިއޭޓިވް" ގެ ދަށުން، ލާމު ގަމުގައި 1,000 ގަސް އިންދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއަކީ ލާމު އަތޮޅުގެ ގުދުރަތީ ނިޒާމު ދަމަހައްޓައި، ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރި ވެށްޓެއް ކަށަވަރުކޮށްދިނުމުގެ މަގުސަދުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމްއައިބީ އިން ބުނެ އެވެ.

މި އިނިޝިއޭޓިވްގެ ދަށުން އިންދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މާހައުލާ ގުޅޭ، ހާއްސަކޮށް ލާމު އަތޮޅުގައި ހެދޭ ގަހުގެ ބާވަތްތަކެވެ. އޭގެ ތެރޭގައި މަދޮށި، ކާނި، ކިނބި، ފުނަ، މޫނިމާ، މިދިލި، ހިރުނދު، ބޯކަށިކެޔޮ، ނިކަ، ކަނދު އަދި ދިވެހި ރުއް ހިމެނެއެވެ.

މައުޟޫޢުތަށް