ބިދޭސީންނަށް ކުއްޔަށް ދީފައި ހުރި ފްލެޓުތަކުގެ އެއްބަސްވުންތައް ބާތިލު ކުރަނީ
އަދަދު
25 ޑިސެމްބަރު 2025 | ބުރާސްފަތި | 9:33
ސޯޝަލް ހައުސިންގެ ގޮތުގައި ދީފައި ހުންނަ ފްލެޓުތަކުގެ ތެރެއިން ބިދޭސީންނަށް ކުއްޔަށް ދީފައި ހުންނަ ތަންތަން އަންނަ ޖެނުއަރީން ފެށިގެން އަތުލާނެ ކަަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީން ރޭ ކުރި އިއުލާނެއްގައި ބުނީ ސޯޝަލް ހައުސިންގެ ގޮތުގައި ދީފައިވާ ފްލެޓުތައް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައި ހުންނަކަމުގެ މައުލޫމާތު އެ ކޯޕަރޭޝަނަށް ލިބެމުންދާ ކަމަށެވެ.
ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައި ހުންނަ ފްލެޓުތައް ޖެނުއަރީ 3، 2026 ގެ ކުރިން ހުސްކުރުމަށް އެ އިއުލާނުގައި އަންގާފައިވެ އެވެ. އަދި، އެ ތާރީހަށް ފަހު އެއްވެސް ފްލެޓެއް ބިދޭސީންނަށް ކުއްޔަށް ދީފައި ހުންނަ ނަމަ، އެ ތަންތަނުގެ އެގްރީމެންޓުތައް ބާތިލު ކުރާނެ ކަމަށް އެޗްޑީސީން އިންޒާރު ކޮށްފައިވެ އެވެ.