ވެއްޔާއި ކިސަޑު އެޅި ރަސްމާލޭގެ ވަށައިގެންވާ ފަރުތައް ބޮޑެތި ގެއްލުންތަކެއްވަމުންދާތީ ނަޝީދުގެ ކަންބޮޑުވުން

އަދަދު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 10:49

ރާއްޖޭގެ ތާރީހުގައި ހިއްކާ އެންމެ ބޮޑު ފަޅު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އެންމެ ބޮޑަށް ގެއްލުންވާ ކުޑަ ގައުމުތަކުގެ ހައްގުތަކަށް ވަކާލާތުކުރާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ވަނީ ރަސްމާލެ ހިއްކާތީ ގިނަ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން އެމަނިކުފާނު އެންމެ ފަހުން ކ. މާފުއްޓަށް ކުރެއްވި ދަތުރުގައި އެ ރަށުގެ ރައްޔިތުން އެކަމުގެ ކަންބޮޑުވުން ހިއްސާކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް