މަރާލާފައި ފޮށްޓަކަށްލައި އެއްލާލާފައި އޮތް ކުއްޖާ މެރުމުގެ ކުށް އެ މައްސަލައިގައި ހައްޔަރުކުރި ކުޑަކުއްޖާގެ މައްޗަށް ސާބިތުވެއްޖެ

އަދަދު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 12:01

މަރާލާފައި ފޮށްޓަކަށްލައި ހުޅުމާލެ ފަޅު ތެރެއަށް އެއްލާލާފައި އޮތް 13 އަހަރުގެ ފިރިހެން ކުއްޖާ، މެރުމުގެ ކުށް އެ މައްސަލައިގައި ހައްޔަރުކުރި 17 އަހަރުގެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ. މިދިޔަ އަންގާރަ ދުވަހު ޖުވެނައިލް ކޯޓުން ވަނީ އެ ހުރިހާ ދައުވާއެއް ވެސް އެ ކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށްފަ އެވެ.

ޖުވެނައިލް ކޯޓުން ހުކުމް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި 16 އަހަރާއި 10 މަހާއި ހަތް ދުވަހު އެ ކުއްޖާ ބަންދުކުރުމަށެވެ.

މައުޟޫޢުތަށް