ހުޅުމާލެއާ ދޮޅު ކިލޯމީޓަރު ދުރުގައި އޮތް ކުރުނބާ އައިލެންޑް ރިސޯޓަށް ގިނަ އަދަދެއްގެ ކުނި ލައްވަނީ

އަދަދު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 1:18

ހުޅުމާލެއާ ދޮޅު ކިލޯމީޓަރު ދުރުގައި އޮންނަ ކުރުނބާ އައިލެންޑް ރިސޯޓަށް ކުނިތަކެއް ލައްވާން ފަށައިފި އެވެ.

އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް ބުނީ މީގެ ކުރިން ވެސް މޫސުން ބަދަލުވާއިރު، ހުޅުމާލެ ފަޅަށް އަޅާ ކުނި ކޮންމެވެސް ވަރަކަށް އެ ރިސޯޓަށާއި ކައިރީގައި އޮންނަ ޝެރެޓަންއަށް ލައްވާ ކަމަށެވެ. ނަމަވެސް މި ފާއިތުވި ދެތިން ދުވަހެއްގައި އާދަޔާހިލާފަށް ކުނި ލައްވަމުންދާ ކަމަށް އޭނާ ބުންޏެވެ.

"މި މަންތުގެ 15 ހިސާބުން ފެށިގެން ގާތްގަނޑަކަށް ހަމަ ކޮންމެ ދުވަހަކު ވެސް ހަމަ ކުނި ލައްވަމުން ދަނީ، ދެން ގާތްގަނޑަކަށް 3 ޓު 4 ޑޭސް ވެދާނެ ވަރަށް އެކްސްޓްރީމް ލެވެލްއެއްގައި މި އެއްޗެހި އަންނަތާ،" އޭނާ ބުންޏެވެ.

މައުޟޫޢުތަށް