މިނިސްޓްްރީގެ އިހުމާލުތަކާ ހެދި ދަރިވަރުންނަށް ބޮޑު ތަކުލީފުތަކެއް، ޝަކުވާގެ ރިޕޯޓެއް ހަޔާ އެޑިއުކޭޝަނަށް

އަދަދު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 4:24

ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޭ ސްކޮލާޝިޕާއި ލޯން ސްކީމްގެ ދަށުން ގޮސް ތިބި ދަރިވަރުންނަށް މިނިސްޓްރީގެ ފަރާތުން ވެފައިވާ އިހުމާލުތައް ހިމަނައި އެ މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހަޔާ އެޑިއުކޭޝަނަށް ހާއްސަ ރިޕޯޓެއް ފޮނުވައިފި އެވެ.

މި އަހަރު ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކުރަން ބަޖެޓުގައި ޖެހީ 768 މިލިއަން ރުފިޔާ އެވެ. އޮކްޓޯބަރު ފަހު ހަފުތާއާ ހަމައަށް ދޫކުރީ 453 މިލިއަނެވެ. ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ އެ ދަރިވަރުންނަށް ލޯނާއި ސްކޮލާޝިޕްގެ ސްޓައިޕެންޑު ޖަމާނުވާ ކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނަމުންނެވެ.

އެ މައްސަލާގައި މިނިސްޓްރީގެ ފަރާތުން ޖަވާބެއް ހޯދުމަށް މިއަދު ކުޑޫ ވަނީ މިނިސްޓްރީއަށް ޒިޔާރާތްވެސްކޮށްފަ އެވެ. އެ މިނިސްޓްރީގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭ ކަމަށް އަދަދުއާ ވާހަކަ ދައްކަމުން ކުޑޫ ވިދާޅުވި އެވެ.

މައުޟޫޢުތަށް