އަންނަ އަހަރުން ދައްކަން އޮތް ބޮޑު ދަރަނީގެ ދަތިން އަރައިގަތުމަށް ސަރުކާރުން ރާވާ ގޮތް އެނގެން ޖެހޭ: ނަޝީދު

އަދަދު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 3:30

އަންނަ އަހަރު ދިވެހި ދައުލަތުގެ ބޭރުގެ ގައުމުތަކަށް ދައްކަން ޖެހޭ ދަރަންޏާއި ސުކޫކަށް ދައްކަން ޖެހޭ ފައިސާ ހިމެނޭހެން އަންނަ އަހަރު ދައްކަން އޮތް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި އަދާކޮށް އެކަމުގެ ސަބަބުން އިގުތިސޯދަށް ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރާވާފައި އޮތް ގޮތް އެނގިފައި އޮންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވުގައި ބޭނުންކުރެވޭ ގޮތަށް ހުރީ 205 މިލިއަން ޑޮލަރު ކަމަށެވެ. އެއާއެކު ދެން ފާހަގަކުރެއްވީ، އަންނަ އެޕްރީލް މަހު ސުކޫކު ޕޭމަންޓަށް އެކަނި 525 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމެވެ.

"2026 ގައި އަނބުރާ ދައްކަންޖެހޭ އެހެން ދަރަނި ވެސް އެބަހުރި. ކޮންމެހެން އިމްޕޯޓުކުރަން ޖެހޭ ތަކެތީގެ އަގު ވެސް އަދާކުރަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

މައުޟޫޢުތަށް