ފަރެސްމާތޮޑާ ބިން ހިއްކަން އެމްޓީސީސީއަށް، ފިޔޯރީ މަގު ހަދަން އާރުޑީސީއަށް

އަދަދު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 9:12

ދެ ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދިޔުމަށް މިއަދުގެ ވަގުތެއްގައި ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެގޮތުން، ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ޖުމުލަ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 142 މިލިއަން ރުފިޔާއަށެވެ.

އޭގެ އިތުރުން ގދ. ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުގެ މަގު ހަދާ ކުންފުނި، އާރުޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް 730 ދުވަހުގެ ތެެރޭގައި ނިންމާ ގޮތަށް ހަވާލުކުރީ 72 މިލިއަން ރުފިޔާއަށެވެ.

މައުޟޫޢުތަށް