އެންމެ ބޮޑު ލަގްޒަރީ ހައުސިން މަޝްރޫއު ޗައިނާގެ ނަންޓޮންގް ކުންފުންޏަށް ދޭން ނިންމައިފި

އަދަދު

25 ޑިސެމްބަރު 2025 | ބުރާސްފަތި | 10:30

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނެލް ޕާކް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ ލަގްޒަރީ ހައުސިން މަޝްރޫއު، ބީލަމުގެ ކުރިން ވެސް އަޑު ފެތުރިފައިވާ ގޮތަށް، ޗައިނާގެ ނަންޓޮންގް ޒިންހުއާ ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުން މިއަދު ނިންމައިފިއެވެ.

މި މަޝްރޫއު ޗައިނާ ކުންފުންޏަށް ދޭން ނިންމީ، ހުށަހެޅުންތައް ލިބުނުތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގެ އެޖެންޑާގައި އައިޓަމްތަކުގެ ނަން ލިޔެފައިވާއިރު، މި މަޝްރޫއު ހިމަނާފައި ނެތް ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

"ހަގީގަތަކީ ރަސްމީކޮށް އެޖެންޑާގައި ނުހިމަނައި ނިންމާފައި އެ އޮތީ. އެޖެންޑާގައި ހިމަނާފައިވާ ކަންކަން ނިމުމަށް ފަހު، ދެން ބާކީ ހުރި އައިޓަމްތަކުގެ ތެރޭގައި މި ބިޔަ މަޝްރޫއު އޮތީ. މިއީ މިފަދަ މަޝްރޫއުއެއްގައި އަމަލުކުރަންޖެހޭ ގޮތެއް ނޫން،" ބޯޑުގެ ބައެއް މެންބަރުން ބުންޏެވެ.

މައުޟޫޢުތަށް