ބަނަ އަންދާޒާއެއް: ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ބައި މިލިއަނަށް ނާރާނެ
އަދަދު
26 ޑިސެމްބަރު 2025 | ހުކުރު | 4:03
ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ބައި މިލިއަން އާއި ހަމައަށް ދާނެ މަންޒަރު ނުފެންނަ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރެފައިވާ މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2062-2022 އިން ދައްކައިފި އެވެ.
ރާއްޖޭގެ އެންމެ ފަހުގެ އާބާދީގެ އަންދާޒާ ކަމަށްވާ މި ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ އެންމެ މަތިވާނީ 427,994 އަށެވެ.
އިއްޔެ އާންމުކުރި މި ރިޕޯޓުގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދިވެހިންގެ އާބާދީ އެންމެ މަތި ވާނެ ކަމަށް ލަފާކުރެވެނީ މި ގަރުނުގެ މެދާކެއް ހިސާބުގަ އެވެ. އެއީ 2040 ގެ ފަހު އަހަރުތަކާއި 2050 ގެ ކުރީގެ އަހަރުތަކުގަ އެވެ.