ވަށައިގެންވާ ފަރުތައް ހަލާކުވަމުންދާތީ ރަސްމާލެ ހިއްކާ ޑްރެޖަރު ކައިރި މުޒާހަރާ ކުރަނީ

އަދަދު

26 ޑިސެމްބަރު 2025 | ހުކުރު | 5:25

ރާއްޖޭގެ ތާރީހުގައި ހިއްކާ އެންމެ ބޮޑު ފަޅު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ފަރުތަކުގެ ސަލާމަތް ކަށަވަރުކުރުމަށް ގޮވާލައި އެ ފަރު ހިއްކާ ޑްރެޖަރު ކައިރި މުޒާހަރާ ކުރަން ފަށައިފި އެވެ.

ފުށިދިއްގަރާއި ހައެއް ކިލޯމީޓަރު ދުރުގައި އޮންނަ މާފުށީގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި ޑައިވިން އަދި ވޯޓާ ސްޕޯޓްސްގެ ހަރަކާތްތައް ހިންގާ ފަރާތްތަކުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި މުޒާހަރާގައި 20 ވަރަކަށް ލޯންޗު އަދި ދެތިން ދޯނި ބައިވެރިވެ އެވެ.

އެ ލޯންޗުތަކުގައި ދިވެހި ދިދަ ޖަހާފައި ހުރި އިރު ލޯންޗުތަކުގައި ތިބި މީހުން ތިބީ ފަރުތައް ހިމާޔަތްކުރުމަށް ގޮވާލައި އެކި ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފަހައްޓައިގެންނެވެ. ފަރުތައް ހިމާޔަތް ކުރުމަށާއި ތިމާވެށްޓަށް ގެއްލުންވާނެހެން ވެލި ނުނެގުމަށް އެ މީހުން ދަނީ ގޮވާލަމުންނެވެ.

މައުޟޫޢުތަށް