ޕްރައިމަރީން އަދީލުގެ ނަން ނެގުވުމަށް ފަހު ޕީއެންސީގެ އައްޑޫ މޭޔަރު ޓިކެޓް މުޝްރިފަށް

އަދަދު

27 ޑިސެމްބަރު 2025 | ހޮނިހިރު | 7:59

ޕީއެންސީގެ ލޯކަލް ކައުންސިލްތަކުގެ ޕްރައިމަރީ ބާއްވަން 24 ގަޑިއިރަށް ވެފައި ވަނިކޮށް، އައްޑޫ މޭޔަރުކަމުގެ ޓިކެޓަށް ވާދަކުރެއްވި އަހުމަދު އަދީލު ނަސީރު ނަން ނެގުވުމަށް ފަހު، ވާދަވެރި ކަމެއް ނެތި ޕީއެންސީގެ ޓިކެޓު މުޝްރިފް އަލީ އަށް ދީފި އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް މެންބަރުން އަދި އަދީލްގެ އާއިލާގެ މީހުން ބުނީ އަދީލު ނަން ނެގީ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން ގުޅުއްވައި، ރައީސް މުއިއްޒު އެދިވަޑައިގަންނަވަނީ މުޝްރިފަށް ޓިކެޓް ދޭން ކަމަށް ސީދާ ވިދާޅުވުމުން ކަމަށެވެ.

"އަދީލު ޕްރައިމަރީ އަށް ވާދަކުރީ ވެސް ލީޑަޝިޕުން ބޭނުންވެގެން، ނަމަވެސް އިއްޔެ [ރައީސް އޮފިހުގެ މިނިސްޓަރު] އަބްދުﷲ ގުޅުއްވާފައި ވިދާޅުވީ ނަން ނެގުމަށް. ރައީސް މުއިއްޒު އެދިވަޑައިގަންނަވަނީ ނަން ނެގުމަށް ކަމަށް. އެހެންވެ، އަދީލް ނަން ނެގީ،" ޕީއެންސީގެ މެންބަރަކު ބުންޏެވެ.

މައުޟޫޢުތަށް