ފްލައިޓުތައް ގްރައުންޑުވެ މޯލްޑިވިއަނަށް ގެއްލުންވަމުންދާ މައްސަލަ މާލިއްޔަތު ކޮމިޓީއަށް

އަދަދު

27 ޑިސެމްބަރު 2025 | ހޮނިހިރު | 10:01

ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސްއަށް ގެނައި ބައެއް މަތިންދާބޯޓުތައް ގިނަ ދުވަސްތަކެއް ވަންދެން ގްރައުންޑުކޮށްފައި ބޭއްވުމާއި އެ ކުންފުނީގެ މާލީ ހާލަތު ދަށްވަމުންދާ ސަބަބުތް ދެނެގަތުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު އެދިއްޖެ އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް 46 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 47 މިލިއަނުގެ ފައިދާއެއް ނެރުނު ނަމަވސް 2024 ވެސް މޯލްޑިވިއަން ނިންމާލީ ގެއްލުމުގަ އެވެ.

ޝާކިރު ހުށަހެޅުއްވި މައްސަލާގައި ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ގްރޮސް މާޖިން ދަށްވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިދިޔަ 2024 ގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނީގެ ގްރޮސް މާޖިން ހުރީ 44 ޕަސެންޓުގައި ކަމަށްވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ހުރީ 32 ޕަސެންޓުގަ އެވެ.

މައުޟޫޢުތަށް