މުއިއްޒުގެ ދެ ކަނބަލުން ނުރަސްމީ ދަތުރެއްގައި އަނެއްކާވެސް ސިންގަޕޫރަށް
އަދަދު
27 ޑިސެމްބަރު 2025 | ހޮނިހިރު | 2:35
ރައީސް މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން ނުރަސްމީ ދަތުރެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. ދަތުރުގެ މުއްދަތެއް އަދި އިތުރު އެއްވެސް ތަފުސީލެއް އެ އޮފީހުން ނުދެ އެވެ.
ބެލެވޭ ގޮތުގައި މުއިއްޒުގެ ދެ ކަނބަލުން ފުރާވަޑައިގެންނެވީ މީގެ މިއަދު 1:00 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ސިންގަޕޫރު އެއާލައިންސްގެ ފުލައިޓުންނެވެ.