އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން ހޯދައި ނުފެނުނު އިޒާމް އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ

އަދަދު

27 ޑިސެމްބަރު 2025 | ހޮނިހިރު | 3:41

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރުކުރުމުން ނުވަ ފަހަރަށް އިއުލާންކޮށްގެން ވެސް ނުހޯދުނު މީހާ މިއަދު އަމިއްލައަށް ފުލުހުންނާ ހަވާލުވެއްޖެ އެވެ.

އިއްޔެ ފުލުހުން ބުނި ގޮތުގައި ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދިޔައީ އިޒާމް ޒާހިރުު، ސަބާހާމަންޒިލް، ގދ. ވާދޫ އެވެ. އޭނާ ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

އޭނާ ހޯދަމުންދިޔައީ ރޭޕްގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތަކަށެވެ.

މައުޟޫޢުތަށް