ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިއްކަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
އަދަދު
27 ޑިސެމްބަރު 2025 | ހޮނިހިރު | 6:35
ގަވާއިދާ ހިލާފަށް ހުޅުމާލޭގައި ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މި މީހާ ހައްޔަރުކުރީ އާ އަހަރާއި ދިމާކޮށް މިހާރު ފަށާފައިވާ އޮޕަރޭޝަން "ރިވެލި" ގެ ތެރެއިން ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގަލްދޭޝްގެ ރައްޔިތެއް ކަމަށްވާ ޝުކޫރު އަލީ، 44، އެވެ.
ރޭ ފުލުހުން އޭނާ ހައްޔަރުކުރީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން ގަވާއިދާ ހިލާފަށް އިތުރު ވިޔަފާރިކޮށް ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައިފާސްކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުންޏެވެ.