ހުލާސާކޮށް އިއްޔެ: ޒާހިދު އާއި މުއިއްޒުގެ ބައްދަލުވުމާއި، ކުރެވޭ ތުހުމަތު!
އަދަދު
28 ޑިސެމްބަރު 2025 | އާދިއްތަ | 6:08
ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ރެފެރެންޑަމެއް ނެގުމަށް ސަރުކާރުން ސިއްރިއްޔާތުގައި ނިންމާފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު އިއްޔެ ވިދާޅުވި އެވެ.
ޝަމްހީދު މިފަދަ ތުހުމަތެއް ކުރައްވާފައިވާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ވަނީ ރައިސް އޮފީހުގައި މުއިއްޒުއާ މިފަހުން ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ.